ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ޖީޓީ ހަތެއް ލެޖެންޑްސް ސާކިޓް ގެ ސީޒަން އެކެއް ނިންމާލައިފި
ޚަބަރު

ޖީޓީ ހަތެއް ލެޖެންޑްސް ސާކިޓް ގެ ސީޒަން އެކެއް ނިންމާލައިފި

ހިރި ނިއުސްހިރި ނިއުސް27 އޭޕްރީލް 2025
އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އުރީދޫން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓގައި 15 ކުޅުންތެރިން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން އެންމެ މޮޅު 3 ކުޅުންތެރިން ވަނީ ހޮވާފައެވެ. އެ ތިން ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ގްރޭންޑް ފިނާލޭ އަށް ކޮލިފައި ވެފައެވެ. އެ ތިން ކުޅުންތެރީންނަކީ: ޗެމްޕިއަން: މުހައްމަދު މާއިޝް (2500 ރުފިޔާ) ދެ ވަނަ: މުހައްމަދު ޔޫހު (1500 ރުފިޔާ) 3 ވަނަ: އަޔާން އަހުމަދު (1000 ރުފިޔާ) މި މުބާރާތުގެ ސީޒަން ދޭއް ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނޭ ކަމަށް ވަނީ ބުނެފައެވެ. ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައި ވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު