ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮމިޝަންގެ މަސައްކަތް އަވަސްވެފައި މިނިވަންވާނެ: ޑރ. މުނައްވަރު
ޚަބަރު

ކޮމިޝަންގެ މަސައްކަތް އަވަސްވެފައި މިނިވަންވާނެ: ޑރ. މުނައްވަރު

މމުހައްމަދު އަލީ30 އޭޕްރީލް 2025
އެޕްރީލް 18 ވަނަ ދުވަހުގެ ގެއަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގު މަސައްކަތް މާގިނަދުވަސްތަކެއް ނުކޮށް ނިންމޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް މިމައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ، މުއިއްޒު އެކުލަވާލައްވައިފައިވާ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ. މި ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ ރައީސް އެކޮމިޝަނާ މަތިކުރައްވާފައިވާ ހުރިހާ ކަމެއްވެސް ވީހާވެސް އަވަހަކަށް ނިންމައި ހަވާލުކުރައްވާނޭ ކަމަށެވެ. ނުވަތަ ލަފާދޭންޖެހޭ ފަރާތްތަކަށް ލަފާ ދެއްވާނޭ ކަމަށް ވިދާޅުވިއެވެ. ޑރ. މުނައްވަރު ވިދާޅުވީ މި ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންދަވާނޭ ކަމަށެވެ. އަދި އެކޮމިޝަނުގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮތަނުދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. ކޮމިޝަނުގެ މަސައްކަތް ހިނގަމުންދާއިރު އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވަން އުޅެފި ކަމަށްވާނަމަ ކޮމިޝަނުން އިސްތިއުފާ ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މިމައްސަލަ ތަހުގީ ގުރަމުންދާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ވަރަށްބޮޑަށް ރިއާޔަތް ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ ކަމާގުޅުންހުރި މުއައްސަސާތަކާވެސް ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު