ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މޭޑޭއާ ދިމާކޮށް އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކޮށްފި
ޚަބަރު

މޭޑޭއާ ދިމާކޮށް އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކޮށްފި

މމުހައްމަދު އަލީ1 މޭ 2025
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ހިތަދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ކީރިތި ގުރުއާން ކިޔެވި ވެމްކޯގެ މެނޭޖަރު، ސ. ހިތަދޫ، ބޮޑުގަލުގޭ، މޫސާ މުހައްމަދާއި އިތުރު މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ. މޫސާ މުހައްމަދު ވަޒީފާއިން ކަނޑާލުމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާދަމާ މަސައްކަތެރިންގެ ދުވަސް ފާހަގަކުރާއިރު މީހާރުވެސް އެނގިގެންދިޔައީ މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރު ކަމަށެވެ. "މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް،" ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވަނީ މޫސާ މުހައްމަދު ވަޒީފާއިން ކަނޑާލާފައިވަނީ ސީޔާސީ ފިކުރު ތަފާތުވެގެން ކަމަށެވެ. އެހެންނަމަވެސް  "ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލުމަށް އެންމެހާ މަސައްކަތްތެރިންނަށް ގޮވާލައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމްޑީޕީން އައްޑުއަށްކުރި ދަތުރުގައި ޕާޓީގެ ވަފުދާ ސަލާންކުރި ވެމްކޯގެ އެހެން މުވައްޒަފަކު ކަމަށްވާ ސ. ހިތަދޫ، ވީނަސްވިލާ މުހައްމަދު އަފްޟަލް، ވަނީ ވަޒީފާއިން ކަނޑާލައިފައެވެ. އެކަން ފައްޔާޒު ސިފަކޮށްފައިވަނީ މޭޑޭއާ ދިމާކޮށް ސަރުކާރުން މަސައްކަތްތެރިއަކަށް ދިން ހަދިޔާއއެއްގެ ގޮތުގައެވެ. "މޭ ޑޭއާ ދިމާކޮށް ސަރުކާރުން މަސައްކަތްތެރިޔަކަށް ހަދިޔާއެއް ފޮނުވައިފި. މިފަހަރު ވެމްކޯއިން ވަކިކުރުމުގެ ޗިޓު ފޮނުވީ މުހައްމަދު އަފްޟަލްއަށް،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭނާގެ "ކުށަކަށްވީ އެމްޑީޕީގެ ވަފުދާ ސަލާމް ކުރުން. ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމާ ދެކޮޅަށް މާދަމާ ނުކުމެވަޑައިގަންނަވާ،" އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު