ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވެމްކޯއިން ދެމީހަކު ކަނޑާލުމުން ރައީސް ސާލިހު ފާޑު ވިދާޅުވެއްޖެ
ޚަބަރު

ވެމްކޯއިން ދެމީހަކު ކަނޑާލުމުން ރައީސް ސާލިހު ފާޑު ވިދާޅުވެއްޖެ

މމުހައްމަދު އަލީ1 މޭ 2025
ވެމްކޯގައި ވަޒީފާއަދާކުރުމުންދިޔަ، އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ސ.ހިތަދޫ ބޮޑުގަލުގޭ، މޫސާ މުޙައްމަދާއި، އެރަށު، ވީނަސްވިލާ، މުޙައްމަދު އަފްޟަލް ވަޒީދާއިން ވަކިކުރުމުން އެކަމާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ އެދެމީހުން ވެސް ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީގެ "ހަރަކާތެއްގައި ބައިވެރިވުމާ" ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެއީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ޙަރަކާތްތެރި ވުމަށް ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ހަގެއް ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް "ސ.ހިތަދޫ ބޮޑުގަލުގޭ މޫސާ މުޙައްމަދު އަދި ވީނަސްވިލާ މުޙައްމަދު އަފްޟަލް އެމްޑީޕީ ގެ ޙަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކުރި ކުރުން ކުށްވެރި ކުރަން،" ކަމަށް ވިދާޅުވެފައިވެއެވެ. ސަރުކާރުގެ މިއަމަލުގެ ސަބަބުން އަނެއްކާވެސް ފެށިގެންމިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު