ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބިދޭސީ މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ވަނީ ނިގުޅައިގަނެފައި: ރައީސް
ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ވަނީ ނިގުޅައިގަނެފައި: ރައީސް

މމުހައްމަދު އަލީ1 މޭ 2025
މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ ފާހަގަކުރަމުންދާއިރު ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކަމަނިކުފާނު ވިދާޅުވެފައިވަނީ ބިދޭސީ މަސައްކަތްތެރީންގެ މައްސަލަ ހައްކުރުމަށް މިދިޔަ އަހަރު މޭ ދެވަނަ ދުވަހު ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައި ކަމަށެވެ. މިއީ ބުރަ މަސައްކަތެއް ކަމަށާއި އެހެން ކަމުން މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ރައީސްވަނީ އެކްސްގައި ވިދާޅުވެފައެވެ. މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ބިދޭސީން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. "ގަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީހައްގުތައްވެސްވަނީ ނިގުޅައިގަނެވިފައި. މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް،" ރައީސް ވިދާޅުވެފައިވެއެވެ. މިކަން ހައްލު ކުރުމަށް ކުރައްވާ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު