ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސަރުކާރުންދަނީ މަސައްކަތްތެރީންގެ ހައްގުތައް ހަނިކުރަމުން: ފައްޔާޒު
ޚަބަރު

ސަރުކާރުންދަނީ މަސައްކަތްތެރީންގެ ހައްގުތައް ހަނިކުރަމުން: ފައްޔާޒު

މމުހައްމަދު އަލީ1 މޭ 2025
އެމްޑީޕީ އިސްވެ އޮވެ ކުރި މަސައްކަތުން މަސައްކަތްރީންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް މިސަރުކާރު އިސްވެ އޮވެ ދަނީ ހަނިކުރަމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރެވުނު ހިތްވަރުގަދަ މަސައްކަތްތައް ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކޮށްދޭ ދުވަހެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިއަދު މޭޑޭ ފާހަކުރަމުންދަނީ، "އެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާ ދަނޑިވަޅެއްގައި،" ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުންދާ މޭޑޭއަކީ ސަރުކާރުގެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމށް ވެސް ވިދާޅުވެފައިވެއެވެ. "އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް. މި ޕާޓީއިން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސާދެއް ބިނާކުރުމަށް" ފައްޔާޒު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު