ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބިރުދައްކާ ސަރުކާރަކުން މަސައްތެރިންނަށް ޚިދުމަތެއް ނުދެވޭނެ: ޝާހިދު
ޚަބަރު

ބިރުދައްކާ ސަރުކާރަކުން މަސައްތެރިންނަށް ޚިދުމަތެއް ނުދެވޭނެ: ޝާހިދު

ޟޟަމްރަތު އަހްމަދު1 މޭ 2025
މަސައްކަތްތެރިންނަށް ބިރުދައްކައި އިންޒާރުދޭ ސަރުކާރަކަށް މަސައްތެރިންނަށް ޚިދުމަތެއް ނުދެވޭނޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެފަދަ ސަރުކާރެއްގެ މައިގަނޑު މަގުސަދަކަށް ވާނީ މަސައްކަތްތެރިން އެމީހުންގެ ބާރުގެ ދަށުގައި ބޭތިއްބުން ކަމަށެވެ. "މި ޙާލަތު ބަދަލުވާނެ ޖެހޭ. މަސައްކަތްތެރިންނާއި މެދު އަމަލު ކުރާ ގޮތުން، ގައުމުގައި އަދުލު އިންސާފު އޮތް ގޮތް ފެނިގެންދޭ. މިކަމުގައި އަދުގެ ސަރުކާރު ވަނީ ފެއިލްވެފައި،: ޝާހިދު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސިވިލް ސަރވިސްގައި ވެސް މުސާރައިގެ ހަމަހަމަކަމެއް ނެތްކަމަށެވެ. ތަފާތުކުރުންތައް ދަނީ އިތުރުވަމުން ކަމަށާއި މުސާރަތައް އެއްހަމަކޮށް، ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދީ، ނިޒާމުގައި ހުރި ފަރަގުތައް ކުޑަ ކުރުމީ ކޮންމެހެން ކުރަން ލާޒިމް ވެފައިވާކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ވަގުތު އިސްރާފު ނުކޮށް، ޤައުމު ބިނާކުރުމަށް އެކަށީގެންވާ ޒުވާން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމުގެ މަސައްކަތް ލަސްނުކޮށް ފަށަން ޖެހޭ ކަމަށްވެސް ޝާހިދުވަނީ ވިދާޅުވެފައެވެ. މިއަދަކީ ދުނިޔޭގެ މަސައްކަތްތްތެރިންގެ ދުވަހެވެ. އެހެންކަމުން ޝާހިދު ވަނީ ގައުމު ބިނާކުރުމަށް މަސައްކަތްކުރަމުންދާ އެންމެހާ މަސައްކަތްތެރިންނަށް ދުވަހުގެ ޝަރަފާއި ތަހުނިޔާ ފޮނުވައިފައެވެ. މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގައިވަނީ ދިރިއުޅުމުގެ އަގުތައް އުފުލުމާއި، އިޖުތިމާޢީ ރައްކާތެރިކަން ހަނިވުމާއި، ގެއްލެމުންދާ މިނިވަންކަމުގެ ދަތިކަން، މަސައްކަތްތެރިންނަށް އިހްސާސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. "ޤައުމު ބިނާކުރުމުގައި އަގުހުރި ޚިދުމަތްތައް ކުރަމުންދާ ފަރާތްތަކަށް، އެމީހުންގެ އަމިއްލަ ޢާއިލާއަށް އަޅާލުމަށް ނުކުޅެދޭމިންވަރަށް ޙާލަތު ބަދަލުވެފައި ވުމުން، މުޅި ނިޒާމު ފުނޑުފުނޑު ވެފައިވާ މިންވަރު ހާމަވެގެންދޭ،" އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު