ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޒުވާނުންގެ މުޒާހަރާއަށް ޕެޕަރސްޕްރޭ ޖަހައި ދެ ޒުވާނަކު ހައްޔަރުކޮށްފި
ޚަބަރު

ޒުވާނުންގެ މުޒާހަރާއަށް ޕެޕަރސްޕްރޭ ޖަހައި ދެ ޒުވާނަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ2 މޭ 2025
ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ހޫނުވެ ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖަހައިފިއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ ސްޕްރޭ ޖަހާފައިވަނީ ސީދާ ލޮލަށް ކަމަށެވެ. އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާ ދިމާއަށް ވެސް ފުލުހުން ޕެޕަރސްޕްރޭ ޖެހިކަމަށް ބުނެފައިވެއެވެ. ސްޕްރޭ ޖެހުމަށްފަހު ފުލުހުންވަނި މުޒާހަރާ ލީޑުކުރަމުންދިޔަ ޒުވާނުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ  އާއިޝަތު ޝިމަން އަހުމަދާއި، އަބްދުﷲ މަހުޒޫމެވެ. މި މުޒާހަރާގައި ފުލުހުންވަނީ ޒުވާނުން ގެންގުޅުނު އައްޑުގަދަކުރާ ވެސް ގަދަކަމުން އަތުލައިގެންފައެވެ.

ގުޅުންހުރި ޚަބަރު