ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ޚަބަރު

ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

ޟޟަމްރަތު އަހްމަދު2 މޭ 2025
މާލޭގައި ޒުވާނުން މިހާރު ކުރަމުންދާ ސުލްހަވެރި މުޒާހަރާއިން މިރޭ ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. މާލޭގެ ގެއަކުން ވެއްޓި އަނިލިޔާ ލިބިފައިވާ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހުޒޫ މާޖިދެވެ. މުޒާހަރާގެ ބައިވެރިން  ބުނެފައިވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަތީ އެއްވެސް އިންޒާރެއް އަދި އެއްވެސް އެންގުމަކާވެސް ނުލައި ކަމަށެވެ. އެ ވަތްގޮތަށް ވަދެ ފުލުހުންވަނީ މުޒާހަރާގެ ތެރެއަށް ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ. އެހެންނަމަވެސް ޒުވާނުން ބުނަމުންދަނީ އެހެންޖަހާ ސްޕްރޭއަކުން ދެން ނުގުޑާނޭ ކަމަށެވެ. ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މުޒާހަރާ ރޫޅާލުމަށް ފުލުހުންވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށެވެ. އެކަން ކުށްވެރި ކުރާކަމަށް ވެސް ބުނެފައިވެއެވެ. އެމްޑީޕީން ބުނެފައިވަނީ "އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތްހުސްވެ ހެއްދެވި ބޮޑު ގޯހެއް" ކަމަށެވެ. ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދިނުމަށާއި، ފުލުހުން ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފިއެވެ. އެމްޑީޕީގެ އިތުރުން އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވަނީ ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފައެވެ. އަދި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު