ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މުޒާހަރާ ސިޔާސީވެއްޖެ، ޕާޓީތައް ބައިވެރިވުމަށް ޒުވާނުންވަނީ ގޮވާލައިފައި
ޚަބަރު

މުޒާހަރާ ސިޔާސީވެއްޖެ، ޕާޓީތައް ބައިވެރިވުމަށް ޒުވާނުންވަނީ ގޮވާލައިފައި

މމުހައްމަދު އަލީ2 މޭ 2025
ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ޒުވާނުން ކުރަމުންދާ މުޒާހަރާ ފުލުހުން އަނިޔާވެރިވި ހީސާބުން ސިޔާސީ މުޒާހަރާއަކަށް ބަދަލު ވެއްޖެ ކަމަށް ޒުވާނުން ބުނެފިއެވެ. އެއާއެކު މުޒާހަރާގައި ބައިވެރިވުމަށް މަދަނީ ޖަމިއްޔާތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ޒުވާނުން މިރޭ ވަނީ ގޮވާލައިފައެވެ. "ރީތިކޮށް މުޒާހަރާގައި ތިއްބާ ފުލުހުން އައިސްވަނީ އަނިޔާވެރި ގޮތަކަށް މުޒާހަރާ ރޫޅާލައި ޕެޕަރސްޕްރޭ ޖަހައިފައި. މިއީ ބަލައިގަނެވޭނޭ ކަމެއްނޫން. ޒުވާނުންގެ މުޒާހަރާ ސިޔާސީ ކުރިޔަސް ކުރިން ކޮށްފައިވާ ދިހަ ޑިމާންޑަށް އެއްވެސް ބަދަލެއް ނާދޭ،" ޒުވާނަކު ބުންޏެވެ. ޒުވާނުން ބުނެފައިވަނީ މިރޭގެ މުޒާހަރާވެސް ނިންމަން އޮތީ މިރޭ  ބާރަޖަހާއިރު ކަމަށް ޒުވާނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ބާރުގެ ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ އެކިދިމަދިމާއަށް ބެހިފައެވެ. ޒުވާނުން ބުނީ އެމީހުންގެ ދިހަ ޑިމާންޑުގެ ތެރޭގައި ހިމެނޭ ހޯމްމިނިސްޓަރު އިސްތިއުފާ ނުދޭނޭކަން ފުލުހުން އަނިޔާވެރިވި ހިސާބުން ކަށަވަރުވެފައިވާ ކަމަށެވެ. އެހެން ބުނުމަށްފަހު ފުލުހުންވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަން ފަށައިފައެވެ.

ގުޅުންހުރި ޚަބަރު