ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޒުވާނުންނަށް ސާބަސް ދެމުން ޑެމްސްއިން ޒުވާނުންގެ މުޒާހަރާއާ ގުޅެނީ
ޚަބަރު

ޒުވާނުންނަށް ސާބަސް ދެމުން ޑެމްސްއިން ޒުވާނުންގެ މުޒާހަރާއާ ގުޅެނީ

މމުހައްމަދު އަލީ3 މޭ 2025
އުމުރުން އެކާވީސް އަހަރުގެ ހައްވާ ޔުމްނަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ނިމްނައިފިއެވެ. އެޕާޓިން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި ނުރަސްމީ އެސެމްބްލީގައި ކަމަށް އެޕާޓީގެ ރައީސް އިންތިޔާޒު ފަހުމީ ވިދާޅުވިއެވެ. އެޕާޓީން މި މުޒާހަރާގައި ބައިވެރިވާނީ ކުލައާއި ދިދަ ބޭނުންނުކޮށް ކަމަށް ވެސް މިއަދުގެ އެސެންބްލީން ވަނީ ނިންމައިފައެވެ. "މި އިހުތިޖާޖުގައި މިޕާޓީން ބައިވެރިވެ ޒުވާނުން އެދޭ އެހީތެރިކަމެއް އެދޭ މިންވަރަކަށް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަ ދަންނަވަން،" ޑެމްސްއިން ބުނެފައިވެއެވެ. އެޕާޓީން ބުނެފައިވަނީ ރޭގެ މުޒާހަރާގެ ތެރެއަށް ފުލުހުންވަދެ އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ދެ ޒުވާނުން ކަމަށްވާ ޝިމަންއާއި މަހުޒޫމް ވަގުތުން ދޫކޮށްލުމަށްވެސް އެޕާޓީން ވަނީ ގޮވާލައިފައެވެ.  

ގުޅުންހުރި ޚަބަރު