ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޔުމްނުގެ ހާދިސާ ހިނގިގޮތް ހާމަކޮށްދޭން ގޮވާލުމަކީ ކުރަންވާނޭ ކަމެއް
ޚަބަރު

ޔުމްނުގެ ހާދިސާ ހިނގިގޮތް ހާމަކޮށްދޭން ގޮވާލުމަކީ ކުރަންވާނޭ ކަމެއް

މމުހައްމަދު އަލީ3 މޭ 2025
ގެއެއްގެ ފުރާޅެއްގެ މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުމުން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އޮތުމުން އެކަން ހިނގިގޮތް "ޝައްކެއްނެތް މިންވަރަށް" ހާމަކޮށްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭކަމެއް ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެކްސްގައި އޭނާ ވިދާޅުވެފައިވަނީ "އަނިޔާވެރި ގޮތަކަށް ފުރާޅެއްގެ މައްޗަށް ކުއްޖަކު ދޫކޮށްލާފަ އޮތުމުން އެކަން ހިނގިގޮތް ޝައްކެއްނެތް މިންވަރަށް ހާމަކޮށްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭކަމެއް" ކަމަށެވެ. އެކަމަށް ގޮވާލުމަކީ ކުށެއް ވެސް ނޫންކަމަށް ވިދާޅުވެފައިވެއެވެ. މޭޔަރު ވިދާޅުވެފައިވަނީ ޔުމްނު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާ ހިނގާދިޔަގޮތް ސިއްރުކުރަން އުޅުނުކަން ފުލުހުންގެ ނޫސް ކޮންފަރެންސުން އެނގި ހާމަވެގެންދިޔަ ކަމަށެވެ. "ސިއްރު ކުރަން ފުރުސަތުދީފިއްޔާ މާދަން އަނިޔާއެއްގެ ޝިކާރައަކަށްވާނީ ކާކުބާ؟ އަނިޔާވެރިކަމާ އަބަދުވެސް އަޅުގަނޑު ދެކޮޅު،" މޭޔަރު ވިދާޅުވެފައިވެއެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ ޒުވާނުން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ވަދެ ރޫޅާލުމުން އެކަމަށް ވެސް މޭޔަރު ވަނީ ފާޑު ވިދާޅުވެފައެވެ. ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމާ މުޒާހަރާ ކުރުމަކީ ގާނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ.  ދިވެހި ޒުވާނުންގެ އެއްވުމުގެ ތެރެއަށް ފުލުހުން ވަދެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ކުށްވެރިކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު