ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އުރީދޫ: އުމްރާ ދަތުރުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި!
ޚަބަރު

އުރީދޫ: އުމްރާ ދަތުރުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި!

މމުހައްމަދު އަލީ3 މޭ 2025
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ތައާރަފްކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަން ގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފިއެވެ. ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަހުމަދު ސައްދާމެވެ. އުރީދޫން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އުމްރާ އަށާރަ ދަތުރުގެ އެބައޮތް ކަމަށާއި އޭގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އަދިވެސް އުރީދޫ ކަސްޓަމަރުންނަށް އެބަ އޮތް ކަމަށެވެ. ހަމަ އެޔާ އެކު މި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމު ކަމުގައިވާ ހައްޖު ދަތުރު ގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބުނެފައިވެއެވެ. ހައްޖު ދަތުރު ލިބޭ ފަރާތަށް ލިބެނީ 2 މީހުންގެ ހައްޖު ދަތުރެކެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:  
  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް :
  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އުރީދޫން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://ore.do/liveunlimited ޒިޔާރާތްކޮށްލައްވާށެވެ.  

ގުޅުންހުރި ޚަބަރު