ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއްނެތް: ރައީސް
ޚަބަރު

އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއްނެތް: ރައީސް

މމުހައްމަދު އަލީ3 މޭ 2025
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއްނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެހެންނަމަވެސް ޕީއެންސީން ވެރިކަމަށް އަންނަންވެގެން ކުރި ކެންޕޭނުގައި އެންމެ ބޮޑު ސިޔާސީ ހަތިޔާރަކަށް ބޭނުން ކޮށްފައިވަނީ ކުރީސަރުކާރުން އިންޑިއާއާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ ކަމަށްބުނެ ފެތުރިވާހަކައެވެ. މިގައުމަކީ އިންޑިއާގެ ސިޓީއެއްގެ ގޮތުގައިވެސް އެދުވަސްވަރު ޕީޕީއެމް/ޕީއެންސީން ބުނެފައިވެއެވެ. އަދި އިންޑިއާގެ ވެރިންނަށް ބަދުވަސްވެސް ވަނީ ރައްދުކޮށްފައެވެ. އޭރުގެ އެއްބަސްވުންތައް ހާމަކުރުމަށް ޕީއެންސީގެ ފަރާތުން ގެންދިޔައީ ކެނޑިނޭޅި ރައީސް ސާލިހުގެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެހެންނަމަވެސް އެސަރުކާރުން އޭރުވެސް ވިދާޅުވަމުން ގެންދެވީ އެއިން އެއްބަސްވުމެއްގައި ކަންބޮޑުވާންޖެހޭ ކަމެއް ނުހުންނާނޭކަމަށާއި ދޭދޭ ގައުމުތަކާއެކު ވެވޭ އެއްބަސްވުންތަކަކީ ހަމަތިބެފައި ހާމަކުރެވޭނޭ އެއްޗެއް ނޫންކަމަށެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެސް މިއަދު މިވިދާޅުވީ އެވާހަކައެވވެ. އެ ބުނާ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީވައުދެކެވެ. ވެރިކަމަށް ދެ އަހަރުވާންދާއިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ. ރައީސް މިއަދު ވިދާޅުވީ އެކަންކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ދެގައުމެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ އެހާފަސޭހައިން ހާމަކުރެވޭނޭ އަދި އަދި ކުރަންޖެހޭ އެއްޗެއް ކަމަށްވާނަމަ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ އެކަން ރައީސް މުއިއްޒު މިހާރުވާނީ ކޮށްފައިތާއެވެ. ޕީއެންސީން ކަންބޮޑުވެގެން އުޅުނު އެއްބަސްވުންތަކުގެ ތެރޭއި އިންޑިއާއާއެކު ހަދާފައިވާ ހައިޑްރޯގުރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ ޑޮކްޔާޑު އެއްބަސްވުން ހިމެނެއެވެ. އަދި އެގައުމުންދީފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ މައްސަލަވެސް ޕީއެންސީން ވަނީ ބޮޑުކޮށްފައެވެ. މީގެ ތެރެއިން މިސަރުކާރު އައިސް ވަނީ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލައިފައެވެ.  

ގުޅުންހުރި ޚަބަރު