ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވާނީގައި ތަމްރީން ހަދަމުންދިޔަ ދަރިވަރެއްގެ ހާލުސީރިއަށް ވެއްޖެ
ޚަބަރު

ވާނީގައި ތަމްރީން ހަދަމުންދިޔަ ދަރިވަރެއްގެ ހާލުސީރިއަށް ވެއްޖެ

މމުހައްމަދު އަލީ5 މޭ 2025
ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ދަރިވަރެއްގެ ހާލުސިރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ. އޭނާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާ ހިނގާފައިވަނީ މިހިނގާ މެއިމަހު 4 ވަނަ ދުވަހުގެރޭ ފަތިހު 04:21 އެހައިކަންހާއިރު އެވެ. ހާލު ސީރިއަސްވެ ފަރުވާދެމުން ގެންދަނީ މިހާރުކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރަކަށެވެ. އެރޭ ފަތިހު "ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވެއެވެ. ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ." ފުލިހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ ޒުވާނާއާ ބެހޭގޮތުން އެންމެފަހުން އަޕްޑޭޓު ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އޭރުވެސް ޑޮކްޓަރުން ބުނެފައިވަނީ އެޒުވާނާގެ "ހާލަތު ނާޒު ކަމަށް" ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު