ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މުއިއްޒު ގެންދަވަނީ ގާނޫނު އަސާސީ ސުންނާފަތި ކުރަމުން: އިމްރާން
ޚަބަރު

މުއިއްޒު ގެންދަވަނީ ގާނޫނު އަސާސީ ސުންނާފަތި ކުރަމުން: އިމްރާން

މމުހައްމަދު އަލީ5 މޭ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މުޅި ގާނޫނުއަސާސީ މުގުރައި ބިމާ ހަމަކުރަމުން ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް އެގޮތަށް އަމަލު ކުރައްވަނީ އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. "ދިވެހި ލޮބުވެތި ރައްޔިތުން! ގަބޫލު ކުރައްވާ! އަމިއްލަ ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ގާނޫނު އަސާސީގެ އެންމެ މުހިންމު އަސާސްތަކާއި ރުކުންތައް ސުންނާފަތިކޮށް މުޅި ޤާނޫނުއަސާސީ މުގުރާ ބިމާ ހަމަކުރަމުން،" އޭނާ ވިދާޅުވެފައިވެއެވެ. ދިވެހި ގައުމާއި "ތިޔަބޭފުންގެ ދަރިންގެ ހައްގަގައި" ވެސް އެކަން އެގޮތަށް ކުރަން ރައީސަށް ދޫކޮށްގެން ނުވާނޭ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. "ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ގާނޫނުއަސާސީ ދިފާއުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން" އިމްރާން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު