ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސިހުރު ހަދާކަމުގެ ތުހުމަތުގައި ބާރަށުން އަށް މީހަކު ހައްޔަރުކޮށްފި
ޚަބަރު

ސިހުރު ހަދާކަމުގެ ތުހުމަތުގައި ބާރަށުން އަށް މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ5 މޭ 2025
ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިހުރުހަދާކަމަށް ތުހުމަތު ކުރެވޭ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ވިދާޅުވީ އެ އަށް މީހުންނާ ސުވާލު ކުރުމަށްފަހު އެންމެވެސް މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަށްތަނެއް ބަލައި ފާސްކޮށް ސިހުރު ހާހޫރަށް ހަދަން ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވިދާޅުވެފައިވެއެވެ. ބާރަށުގައި މި އޮޕަރޭޝަން ހިނގާފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން މިހާރު ދަނީ މައްސަކަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު