ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމް.އައި.އެފް.ސީ ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް
ޚަބަރު

އެމް.އައި.އެފް.ސީ ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް

ހިރި ނިއުސްހިރި ނިއުސް5 މޭ 2025
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ. އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ. ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީ.އީ.އޯ ނަދީމް ޙުސައިން އާއި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ މި ރަސްމިއްތާގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމް.އައި.އެފް.ސީ އިން ތަޢާރަފުކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރުކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު