ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އޭޑީކޭ ނެތްނަމަ ޚިދުމަތް ހޯދަން މިލިއަން ޑޮލަރު ބޭރުވާނެ: އާޒިމް
ޚަބަރު

އޭޑީކޭ ނެތްނަމަ ޚިދުމަތް ހޯދަން މިލިއަން ޑޮލަރު ބޭރުވާނެ: އާޒިމް

މމުހައްމަދު އަލީ6 މޭ 2025
އޭޑީކޭ ހޮސްޕިޓަލް ފަދަ ތަނެއް ނެތް ނަމަ، ޞިއްޙީ ޚިދުމަތް ހޯދުމަށް އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުވެގެން ދާނޭ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މެއި ހަތަރުވަނަ ދުވަހުގެ ރޭ އޭޑިކޭ ސިނަޖީން ކުރިޔަށް ގެންދިޔަ، އޭޑިކޭ ކްލަބްތަކުގެ މެދުގައި ބޭއްވި އެކި އެކި މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ ވިޔަފާރި ވެރިން ކުރިއަރުވަން ދައުލަތުން މަސައްކަތް ކުރަން ޖެހޭ އެންމެ މުހިއްމު އެއް ސަބަބަކީ މިއީ ކަމަށެވެ. އެހެންކަމުން އޭޑީކޭގެ ވެރިޔާ ނާޝިދު މެން ފަދަ ބޭފުޅުން ރާއްޖެއިން ޑޮލަރު ބޭރުވިޔަ ނުދޭން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ރާއްޖޭގެ މެޑިކަލް ސެކްޓަރ ކުރިއެރުވޭނީ، ދައުލަތުން ވިޔަފާރި ވެރިންނަށް ދޭންވާ އެހީތެރިކަމާއި ލުއި ފަސޭހަތަކެއް ދެވިގެން ކަމަށެވެ. އެގޮތުން އޭޑީކޭ މިހާރު އޮތް ހިސާބަށް ގެނެސްފައިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް މޭޔަރު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވެފައިވަނީ އޭޑީކޭގެ ކޮންމެ މުއައްޒަފަކީ ވެސް ވަރަށް މުހިއްމު މުއައްޒަފެއް ކަމަށެވެ. އެހެންކަމުން މުއައްޒަފުން ޓީމެއް ގޮތުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި އޭޑިކޭގެ އިސްވެރިންނާއި ޑޮކްޓަރުންގެ އިތުރުން އޭޑީކޭގެ މުއައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.    

ގުޅުންހުރި ޚަބަރު