ދިވެހި|English 9 ޖުލައި 2026 · 03:55
Top banner
Advertisement
ދިވެހިރާއްޖެ އިސްލާމީ އިއްތިޙާދާ ބައިވެރިވުން
ޚަބަރު

ދިވެހިރާއްޖެ އިސްލާމީ އިއްތިޙާދާ ބައިވެރިވުން

ޑޑރ. މުޙައްމަދު ޤުބާދު7 މޭ 2025
ޓެރަރިޒަމާ ހަނގުރާމަކުރާ އިސްލާމީ އިއްތިޙާދު ގެ ފަރާތުން "އިމާމުންނާއި ދާޢީންގެ ގާބިލުކަން އިތުރުކުރުން" މި ޕޮރޮގްރާމްގެ ދަށުން ބައްދަލުވުމެއް ބޭއްވުމަށް ދިވެހި ރާއްޖެ ޚިޔާރުކޮށްފައިވަނީ ނުހަނު ވިސްނުންތެރިކަމާ އެކުގައެވެ. ވަކީން ހާއްސަކޮށް ދިވެހި ރާއްޖޭގައި ބާއްވަނީ ކީއްވެގެން ހެއްޔެވެ؟ ދިވެހި ރާއްޖެއިން ތަމްސީލުކުރަނީ ތަފާތު ސަރަހައްދީ ނަމޫނާއެއް ކަމަށްވާ އިސްލާމީ އައިޑެންޓިޓީއަކާއި ހުޅުވާލެވިފައިވާ ދީނީ މެދުމިން ސިޔާސަތެކެވެ. މި ތަފާތު ނަމޫނާ އަކީ، އިންޑިއާ ކަނޑުގެ ސަގާފީ ފާލަމެއްގެ ގޮތުގައި ބެލިދާނެއެވެ. އަޅުގަނޑުމެންގެ ދީނީ މުއައްސަސާތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކެއް ހުރިކަމަށް ޤަބޫލުކުރަންޖެހެއެވެ. ސަބަބުތަކަކަށްޓަކައެވެ. އެކި އެކި އަތޮޅުތަކަށް ބެހިފައިވާ ޖަޒީރާތަކުގެ ޖިއޮގްރަފިކަލް ޠަބީޢަތެވެ. ތަމްރީނުކުރުމުގެ ވަސީލަތްތަކުގެ މަދުކަމެވެ. ސަގާފީ ފަތުރުވެރިކަމުން އުފެދޭ ތަފާތު ގޮންޖެހުންތަކެވެ. އިސްލާމީ އައިޑެންޓިޓީއާއި ސަގާފީ ތަރިކައާ ބެހޭ ގޮތުން ކަންތައްތަކެއް ދަސްކުރުމުގެ އިތުރުން އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި ރިސޯޓްތަކުން އުފާ ހޯދުމަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ ރާއްޖެއަށް އާދެއެވެ. ނަމަވެސް ރަނގަޅު އެއްބާރުލުމަކާއެކު، މި ގޮންޖެހުންތައް ފުރުޞަތުތަކަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން ދިވެހި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ތަނާއި މީހުންނާއި ޙާލަތަށް ރިޢާޔަތްކޮށް ދީނީ ދަޢުވަތު ގެ މިންގަނޑެއް ނުވަތަ ޚާއްޞަ އުސްލޫބެއް ތަރައްގީކުރެވިދާނެއެވެ. އަދި ސަގާފީ ފާލަމެއްގެ ދައުރު އަދާކުރެވިދާނެއެވެ. މިހެންކަމުން، ދިވެހިރާއްޖެ އާއެކު އެއްބާރުލުމަކީ، ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުންދާ ފިކުރީ ހަނގުރާމައިގައި ހުރިހާ މެމްބަރު ޤައުމުތަކުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން މުހިންމުކަމެކެވެ. މިގޮތުން ރާއްޖޭ އަށް ލިބިފައިވާ ސަގާފީ ޚާއްސަ ސިފަތައް ދެމެހެއްޓުމާއެކު، ލިބިފައިވާ ގާބިލިއްޔަތުކަން ހެޔޮގޮތުގައި ބޭނުންކޮށް ތަޖުރިބާ ތަކާއި ހުނަރުތައް އިސްލާމީ ގައުމުތަކުގެ މެދުގައި ޙިއްސާކުރުމަށް ވެސް ލިބޭ ހެޔޮ ފުރަސްތެއް ކަމުގައި މި ފުރުސަތުވެގެންދާނެއެވެ. މިމޭރުމުން ބަލާއިރު އިސްލާމީ އިއްތިޙާދު ގެ ފަރާތުން އެދޭފަދައިން ގައުމީ ސިޔާސަތުތަކުގެ ތެރެއަށް މެދުމިން ފިކުރު ވެއްދުން ހިމެނެއެވެ. އެއީ، ދީނީ މަންހަޖުތަކުގައްޔާއި ގައުމީ ޚިޠާބު ތަކުގައްޔާއި އިމާމުން ތަމްރީނުކުރާ ކޯސްތަކުގެ މުގައްރަރުތަކާއި އިރުޝާދުތަކުގައި އެބައިތައް ހިމަނައިގެންނެވެ. މި ހުރިހާ ކަމަކަށްޓަކައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖެއާއެކު އިސްލާމީ އިއްތިހާދު ބައިވެރިވުމަކީ، މި ފޯވަހީގައި ނުހަނު މުހިންމުކަމެއް ކަމުގައި ދެކެމެވެ. ހަރުކަށި ފިކުރާ، ފިކުރީ ގޮތުން ކުރިމަތިލުމުގެ ޝިއާރުތައް ޢަމަލީ ގޮތުން ކުރާ ކަންތައްތަކަކަށް ބަދަލުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަންޖެހެއެވެ. މި ޒަމާނުގައި މެދުމިން ފިކުރަކީ، ޚިޔާރެއް ނޫންކަމަށް ޢަމަލުން ސާބިތުކޮށްދީ ނަމޫނާ ދައްކަންޖެހެއެވެ.

ގުޅުންހުރި ޚަބަރު