ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކޮންސްޓަބްލް ޙުސައިން ގާއިސް ނިޔާވެއްޖެ
ޚަބަރު

ކޮންސްޓަބްލް ޙުސައިން ގާއިސް ނިޔާވެއްޖެ

މމުހައްމަދު އަލީ8 މޭ 2025
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޅީސް ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) މިއަދު ހަވީރު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ތަމްރީނުގައި އުޅެނިކޮށް ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށްނެވެ. ގާއިސް އަށް ސިއްހީ މައްސަލައެއް ދިމާވެފައިވާކަން އެނގުނީ މެއި 4 ވަނަ ދުވަހުގެރޭ ފަތިހު 04:21 އެހައިކަންހާއިރު، ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އެވެ. ގާއިސްއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދީފައިވެއެވެ. އަދި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްގެން ވެސް ފަރުވާދީފައިވެއެވެ. ގާއިސް ނިޔާވެފައިވަނީ އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާމުން ދަނިކޮށެވެ. މިއަދު އޭނާ ނިޔާވުމުން މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ފުލުހުންގެ ޚިދުމަތުންވަނީ ތައުޒިޔާ ދަންނަވައިފައެވެ.  އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާ ކަމަށްވެސް ބުނެފައިވެއެވެ. މި ހިތާމަވެރި ވަގުތުގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު