ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޖަލު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި
ޚަބަރު

ޖަލު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މމުހައްމަދު އަލީ8 މޭ 2025
ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކޮށްދޭނޭ ބަޔަކު ހޯދަން ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާޏުގެ މުއްދަތު އިތުރުކޮށްފި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ. ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ. ސެންޓްރަލް ޖަލަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް، ސެންޓްރަލް އެއް ޖަލަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ގާއިމުކުރާ ތަނެއް ކަމަށް ވެސް އެމިނިސްޓްރީން ވަނ ވިދާޅުވެފައެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި އިއުލާނުގެ މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކަށް ފުރުސަތުދިނުމުގެ ގޮތުން ކަމަށް ހޯމްލޭންޑު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭގޮތަށް ތަރައްގކުރާ ފެސިލިޓީއެއް ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. "މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ. ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާއާއި ފުރުޞަތުތައް ހޯދައިދޭނެއެވެ." ސެންޓްރަލް ޖަލު އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވެފައިވެއެވެ.  ސެންޓްރަލް ޖަލުގައި، ރެޒިޑެންޝަލް ޔުނިޓް، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީ، 1000 މީހުންގެ ޖާގައިގެ މިސްކިތެއް، މެޑިކަލް ފެސިލިޓީ އަދި މިނޫންވެސް ޖަލަށް ބޭނުންވާނެ ޚިދުމަތްތައް ހިމެނެއެވެ. މި ފެސިލިޓީއަކީ މިހާރު ވަކިވަކި ޖަލުތަކުގައި ޚިދުމަތް ދިނުމުގެ ސަބަބުން ދިމާވާ ދަތިތަކާ މައްސަލަތައް ހައްލުކުރުމަށް ހިންގާ މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 18ވަނަ ދުވަހުގެ މެންދުރު 02:00ގެ ކުރިން އެކަމަށް ހެދި ހުށައަޅަންޖެހެއެވެ.  

ގުޅުންހުރި ޚަބަރު