ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޓެކްސީލައިނުގެ ސަބަބުން އެއްވެސް ހުރަހެއްނެތް: އަމީން
ޚަބަރު

ޓެކްސީލައިނުގެ ސަބަބުން އެއްވެސް ހުރަހެއްނެތް: އަމީން

މމުހައްމަދު އަލީ8 މޭ 2025
ސަރުކާރުން ޓެކްސީލައިނެއް ތައާރަފް ކުރިޔަސް މިހާރު ޓެކްސީގެ ޚިދުމަތް ދެމުން ގެންދާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނޯންނާނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްތިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޓެކްސީލައިންގެ ސަބަބުން "މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި މިހާރެކޭ އެއްގޮތަށް ޓެކްސީ ކުރުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ،" ކަމަށެވެ. ރަސްމީ ވަޒީފާ އަދާކުރެއްވުމަށްފަހު އިތުރަށް އާމްދަނީ ހޯދަން އެފަރާތްތަޖަށް ސަރުކާރުން ތައާރަފްކުރާ ފްލީޓްގައި މަސައްކަތް ކުރެވޭނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކުން، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުން މި ފަށާ އީވީ ޓެކްސީ ލައިންގެ ސަބަބުން ނިމުން އަންނާނޭ ކަމަށެވެ.      

ގުޅުންހުރި ޚަބަރު