ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ލަންކާ މަސްބޯޓަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ޚަބަރު

ލަންކާ މަސްބޯޓަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މމުހައްމަދު އަލީ11 މޭ 2025
އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. "ސަންޑާލީ ވެލެންޓިނާ" ބޯޓު އޮޔާދަނިކޮށް އެމްއެންޑީއެފުން އެބޯޓަށް އެހީތެރިކަން ފޯރުކޮށްދިނީ ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް އެމައުލޫމާތު ދިނުމުންނެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުންނެވެ. އެގޮތުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭނަ ފަށާފައި ކަމަށް އެމްއެންޑީއެފުން ވިދާލުވެފައިވެއެވެ. އެހެންނަމަވެސް ދެއްވަމުން ގެންދެވީ އަދި ދެއްވީ އެހީތެރިކަމާބެހޭ އެއްވެސް މައުލޫމާތެއް އެމްޑީއެފަކުން ހިއްސާ ކޮށްފައެއް ނުވެއެވެ. އެމްއެންޑީފުން ވިދާޅުވީ އެ ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު