ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސިފައިންގެ އާއިލާތަކުގެ ގުޅުން ބަދަހި ކުރުމަށް ދުވުމެއް ބާއްވައިފި
ޚަބަރު

ސިފައިންގެ އާއިލާތަކުގެ ގުޅުން ބަދަހި ކުރުމަށް ދުވުމެއް ބާއްވައިފި

މމުހައްމަދު އަލީ11 މޭ 2025
ސިފަމާ "ފަންރަން 2025" ގެ ނަމުގައި އެމްއެންޑީއެފުން މިއަދު ދުވުމެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން ބޭއްވި ދުވުމެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ދުވުން ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ދުވުމުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެއްޔެއް ވަނީ ދީފައެވެ. މި އިވެންޓުގައި ކުޑަކުދިންނާއި ގުޅުންހުރި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާޘް އާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު