ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ކަރަންޓު ބިލްތަކަށްވީ ގޮތް ސްޓެލްކޯއިން ކިޔައިދީފި
ޚަބަރު

ކަރަންޓު ބިލްތަކަށްވީ ގޮތް ސްޓެލްކޯއިން ކިޔައިދީފި

މމުހައްމަދު އަލީ10 މޭ 2025
މާރިޗު މަހާއި އެޕްރީލްމަހުގެ ކަރަންޓު ބިލަށްވީގޮތް ސްޓެލްކޯއިން ކިޔައިދީފިއެވެ. ކަރަންޓު ކުންފުނީން މިއަދު ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާނޭ ކަމަށެވެ. ހަމަ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ވަނީ ޑިސްކައުންޓު ދީފައި ކަމަށެވެ. "މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށެވެ." ސްޓެލްކޯއިން ބުނެފައިވެއެވެ. އެހެންކަމުން އޭޕްރީލްމަހުގެ ކަރަންޓުބިލު ސްޓެލްކޯއިން ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވިޔަސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ "މިދެންނެވި ލުއި ދިނުމުން" ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު