ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކުޑަކުދިންނަކީ ޚާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބައެއް: މޭޔަރ ޢާޒިމް
ޚަބަރު

ކުޑަކުދިންނަކީ ޚާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބައެއް: މޭޔަރ ޢާޒިމް

މމުހައްމަދު އަލީ11 މޭ 2025
ކުޑަ ކުދިންނަކީ މުޖުތަމައުގައި ޚާއްސަ ލޯތްބަކާއި އަޅައިލުމާއި ރައްކާތެރިކަން ދޭން ޖެހޭ ބައެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދިވެހިރާޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގެވެސް ކުޑަކުދިންނަކީ ޚާއްސަ ލޯތްބަކާއި އަޅައިލުން ދޭންޖެހޭ ކުދިން ކަމަށެވެ. ދިވެހި މުޖުތަމައަކީ ކުޑަ ކުދިންނަށް ލޯތްބާއި އަޅައިލުންދީ، އެ ކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ މުޖުތަމައެއް އޮތް ގައުމަކަށްވާތީ، އުފަލާއެކު އެކަން ފާހަގަކުރައްވާ ކަމަށް މޭޔަރު ވިދާޅުވެފައިވެއެވެ. މިކަން މިހެން އޮތަސް ކުޑަ ކުދިންނާ މެދު އިހުމާލުވެ، އިހާނެތިކޮށް ކަންތައްކުރާ ކަމުގެ ޚަބަރު، ކޮންމެ ވެސް ވަރަކަށް ލިބޭކަން ވެސް ފާހަގަކުރައްވާފައިވެއެވެ. އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. " މި އަދުގެ ކުޑަ ކުދިންނަކީ، އަންނަން އޮތް މުސްތަގުބަލް ބައްޓަން ކުރާނެ މޭސްތިރިންކަން ދަނެގެން، އަޅުގަނޑުމެންގެ އަމިއްލަ ދަރިންނަށް ނުވި ކަމުގައި ވިޔަސް، އެ ކުދިންނަށް ލޯބި ދީ އެ ކުދިން، ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެހީތެރިވުމަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެން،" މޭޔަރުވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު