ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕުރުން ބުނެފައެއް ނުވޭ: ޚާރިޖިއްޔާ
ޚަބަރު

ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕުރުން ބުނެފައެއް ނުވޭ: ޚާރިޖިއްޔާ

މމުހައްމަދު އަލީ12 މޭ 2025
ކޮންމެހެން ކުރަންޖެހޭ ދަތުރެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގާފައި ނުވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން މިހެން ވިދާޅުވީ މިފަދަ ޓްރެވަލް އެޑްވައިޒަރީއެއް އެގައުމުން ނެރެފައިވާ ކަމަށް ބުނެ ދިވެހި މީޑީއާގައި ޚަބަރެއް ފަތުރާފައިވާތީއެވެ. ރާއްޖެއަށް ދަތުރު ނުކުރުމަށްބުނެ ފަހުގެ ތާރީޚެއްގައި ވެސް ސިންގަޕޫރު ސަރުން އެގައުމުގެ ރައްޔިތުންނަށް އަންގާފައި ނުވާކަމަށްވެސް ފޮރިންމިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިކަން ސިންގަޕޫރު ސަރުކާރުން ވަނީ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން" މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. "މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ."  

ގުޅުންހުރި ޚަބަރު