ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބަންގާޅުގެ މޮޓީިމިއާ ޑީޕޯޓު ކޮށްލަނީ
ޚަބަރު

ބަންގާޅުގެ މޮޓީިމިއާ ޑީޕޯޓު ކޮށްލަނީ

މމުހައްމަދު އަލީ12 މޭ 2025
ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މޮޓީ މިއާ ކިޔާ މީހެކެވެ. އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާގެ އުމުރަކީ (38އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިމަހުގެ 8 ވަނަ ދުވަހު މާލޭ މަގުމަތިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މޮޓީ މިއާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500 އެމްއެލްގެ 115 ފުޅި ފެނިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު