ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ: ކޮންޓްރޯލަރ
ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ: ކޮންޓްރޯލަރ

މމުހައްމަދު އަލީ12 މޭ 2025
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ދެއްވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަސީފު ވިދާޅުވެއްޖެއެވެ. ގއ. ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ކޮންޓްރޯލަރ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަސީހު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން  މިހާތަނަށް ވަނީ 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްފައެވެ. މި އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ. ދާންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އޭގެ  އިތުރުން ގަވާއިދާ ޚިލާފަށް ދާންދޫގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ގުޅުންހުރި ޚަބަރު