ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީގައި
ޚަބަރު

ޖަޕާނު ސަފީރު ކުޅުދުއްފުށީ ސިޓީގައި

އއިބްރާހީމްް ސަމީރު12 މޭ 2025
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރައްވައި، ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އަދި އެ ސިޓީގެ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ސަފީރުގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ސިޓީގެ ރަށްވެހި އާސާރު، މާފަލު ފެންގަނޑު، އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރަތްކުރައްވައި، މި ތަންތަނުގެ ކަންކަން ދިރާސާކުރައްވާފައިވެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގައި ބޭއްވުނު ބައްދަލުވުމުގައި، ސަފީރު ވަނީ ޖަޕާނުގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ މުޖުތަމަޢުއާ ދެމެދު އޮތް ވަރުގަދަ ގުޅުން ދެމިއޮންނާނެ ކަމަށް ކަށަވަރުކޮށްދެއްވާފައެވެ. މިކަން ފާހަގަކޮށްފައިވަނީ ސިޓީ ކައުންސިލުންނެވެ. ސަފީރުގެ މި ދަތުރުފުޅުގެ ތެރެއިން، އެކަމަނާ ވަނީ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވާފައެވެ. މި ހަދިޔާ ދެއްވާފައިވަނީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ "ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ޖުމްލަ 178 ފޮތް ވަނީ ހަދިޔާކޮށްފައެވެ.

ގުޅުންހުރި ޚަބަރު