ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފަޅު ބޭނުންކުރާ ފާރާތްތައް ކައުންސިލުގައި ރަޖިސްޓްރީ ކުރަން އަންގައި
ޚަބަރު

ފަޅު ބޭނުންކުރާ ފާރާތްތައް ކައުންސިލުގައި ރަޖިސްޓްރީ ކުރަން އަންގައި

މމުހައްމަދު އަލީ13 މޭ 2025
މާލޭގެ އުތުރު ފަރާތު، ލޯކަލް މާރުކޭޓު ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު، މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އެ ކައުންސިލުން އަންގައިފިއެވެ. އެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބަދަލު ގެނައީ، ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަދެ ނުކުތުމުގައާއި، ސަރަހައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިކަމަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ. މިބަދަލުތަކާ ގުޅިގެން، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދި ގަސް ހިނގުމުގެ އިރުމަތީ ކަނާ ހަމައަށް ހިމެނޭ، ފަޅުގެ ސަރަހައްދު ބޭނުންކުރާ ހުރިހައި އުޅަނދުފަހަރު، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ކައުސިލްގައި ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ. ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް، ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ވެސް، އައު އިންތިޒާމުގެ ދަށުން، އެ ސަރަހައްދަށް ޚިދުމަތް ހޯދުމަށް އަންނަ މަސް ދޯނި ފަހަރާއި، މުދާ އުފުލާ އުޅަނދު ފަހަރު، ސަރަހައްދަށް ވަދެ ޚިދުމަތް ހޯދަން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ހުންނަ، ސިޓީ ކައުންސިލްގެ ޕޯސްޓްގައި ނަން ނޯޓްކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި 01 ޖުލައި 2025 އިން ފެށިގެން، އެ ސަރަހައްދުގައި އަޅައިފައި ހުންނަ އުޅަނދު ފަހަރާއި، ޚިދުމަތް ހޯދާ ހުރިހައި އުޅަނދު ފަހަރުން، މާލޭސިޓީގެ ފަޅުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ ޤަވައިޢިދުގެ ދަށުން ފީ އެއް ނަގަމުންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ގެނައި ބަދަލުތަކާ ގުޅިގެން، އެ ސަރަހައްދު ބޭނުން ކުރާ އުޅަނދުތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު