ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ނަރުހުންނަކީ ސއްހީ ޚިދުމަތުގެ މައިބަދަ: ޢާޒިމް
ޚަބަރު

ނަރުހުންނަކީ ސއްހީ ޚިދުމަތުގެ މައިބަދަ: ޢާޒިމް

ހިރި ނިއުސްހިރި ނިއުސް13 މޭ 2025
ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގެ ދާއިރާގެ މައިބަދަ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މި އަދު ފާހަގަ ކުރަމުން އަންނަ ނަރުހުންގެ ދުވަހާ ގުޅިގެން، އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ފަރުވާއެއް ހޯދަންދާ ބަލިމީހާއަށް އެންމެ ފުރަތަމަ ފެށޭ ފަރުވާއަކީ ނަރުހުންގެ އޯގާތެރި ފިރުމުންތަކުންނާއި ވާހަކަ ދެއްކުމުގައި ބޭނުންކުރާ އޯގާތެރި ބަސްތަކުން ފެށިގެންދާ ފަރުވާ ކަމަށެވެ. އަދި ނަރުހުންގެ އިންސާނީ ޚިދުމަތުގެ އަގުނުކުރެވޭނެ ކަމަށާއި އެއީ މާ އަގުހުރި ޚިދުމަތެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. "‏އަޅުގަނޑު ދެކޭގޮތުގައި ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގެ ދާއިރާގެ މައިބަދަ. މައިބަދަ ވަރުގަދަނުކޮށް އެދާއިރާ ވަރުގަދައެއް ނުކުރެވޭނެ." މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ‏ނަރުހުންގެ ދުވަސް މި އަދު ފާހަގަ ކުރަމުންދާއިރު، ނަރުހުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދީ، ލިބޭ އިނާޔަތްތަކާއި، މާލީ އެހީތެރިކަން އިތުރުކޮށްދިނުމަކީ މުހިއްމުކަމެކެވެ. މީގެ އިތުރުން، މޭޔަރ ޢާޒިމް ވަނީ، ނަރުހުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ނަރުހުންނަށާއި، ނަރުހުންގެ ޢާއިލާތަކަށް ފޮނުއްވައިފައެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
  • ޚަބަރާއި ފޮޓޯ މާލޭ ސިޓީ ކައުންސިލް
 

ގުޅުންހުރި ޚަބަރު