ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މާލޭ ސަރަހައްދަށް ކޭޓަރ ކުރެވޭވަރު އެބަހުރު: ސްޓެލްކޯ
ޚަބަރު

މާލޭ ސަރަހައްދަށް ކޭޓަރ ކުރެވޭވަރު އެބަހުރު: ސްޓެލްކޯ

މމުހައްމަދު އަލީ13 މޭ 2025
ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓަރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އަދި އެކުންފުނިން ވަނީ އެކަމުގެ ޔަގީންކަން ވެސް ދީފައެވެ. މިހާރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މާލޭ ޕަވަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބަލާލަން ބޭނުންވާ ނޫސްވެރިންނަށް ސްޓެލްކޯއިން ވަނީ އެފުރުސަތު ވެސް ހުޅުވާލައިފައެވެ. ސްޓެލްކޯއިން މިގެން ވިދާޚުވީ އޭޕްރީލް 28 ވަނަ ދުވަހު މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ބައެއްމީހުން ތަފާތު ތުހުމަތުތައް އަޅުވަމުންދާ ދުވަސްވަރެއްގައެވެ. ރޯވި އަލިފާން ސްޓެލްކޯގެ މުވައްޒަފުންނާއި އެމްއެންޑީއެފުން ގުޅިގެން މަސައްކަތްކޮށް ވަނީ ނިންމާލާފައެވެ. މި ހާދިސާ ހިނގިތާ ދެދުވަހެއްތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރުވެސް ދަނީ ބޭނުން ކުރަމުން ކަމަށްވެސް ބުނެފައވެއެވެ.  

ގުޅުންހުރި ޚަބަރު