ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބޮޑަށް ފޯކަސްކުރާނީ އެންމެ އުހުގައި ހުންނަ މީހާއަށް: އިހްސާން
ޚަބަރު

ބޮޑަށް ފޯކަސްކުރާނީ އެންމެ އުހުގައި ހުންނަ މީހާއަށް: އިހްސާން

މމުހައްމަދު އަލީ13 މޭ 2025
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އެންމެ ބޮޑަށް ފޯކަސްކުރާނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް ކަމަށް ހޯމްލޭންޑު މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ރޭ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. "އެއީ މަގުމަތީގެ އަގުން ދަންނަވާ ކަމަށްވާނަމަ 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި. އޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށްޓަކައި ހިންގުނު އޮޕަރޭޝަންތަކުގައި 9000 އަށްވުރެ ގިނަ ރާފުޅި އަތުލައިގަނެފައިވާނެ،" މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓަވާފައެވެ. ވަޒީރު ވިދާޅުވީ ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ ވެރިންނަށް އަމާޒުކޮށްގެން ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވަނީ ފުވައްމުލަކުގައި. މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން ވަނީ ހައްޔަރުކޮށްފައި. އެމީހުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅި އެ މީހުންގެ މައްސަލަތައް އެދަނީ ކޯޓުތަކުގައި ބަލަމުން،" ވަޒީރު ވަނީ އެކި ނަންނަމުގައި ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަހާ ފޯރަމްގައި ދެއްވާފައެވެ.  

ގުޅުންހުރި ޚަބަރު