ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިމިގްރޭޝަން ވޮޗަށް ފަނަރަސަތޭކައަށްވުރެ ގިނަމައްސަލަ
ޚަބަރު

އިމިގްރޭޝަން ވޮޗަށް ފަނަރަސަތޭކައަށްވުރެ ގިނަމައްސަލަ

މމުހައްމަދު އަލީ13 މޭ 2025
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 1507 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 1507 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މީގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވާ ކަމަށެވެ. އަދި 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ ކަމަށާއި ނުބެލި އޮތީ 116 މައްސަލައެއްކަން އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ. މީގެއިތުރުން އެ އިދާރާއާއި ގުޅުންނެތް 171 މައްސަލަވެސް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށްޓަވާފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.  

ގުޅުންހުރި ޚަބަރު