ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ހެލްތު މިނިސްޓަރަށް މަޝްވަރާދޭ ކޮމިޓީގެ ބައްދަލުވުން ބާއްވައިފި
ޚަބަރު

ހެލްތު މިނިސްޓަރަށް މަޝްވަރާދޭ ކޮމިޓީގެ ބައްދަލުވުން ބާއްވައިފި

މމުހައްމަދު އަލީ13 މޭ 2025
އާއްމު ޞިއްހަތާއި ގުޅޭ ކަންކަމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމަށް މަޝްވަރާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމެވެ. މި ކޮމެޓީގެ މަގުސަދަކީ އާއްމު ޞިއްހަތުގެ ހަރުދަނާ ސިޔާސަތުތަކާއި، ޕްރޮގްރާމްތަކާއި އިސްނެގުންތަކުގެ ތެރެއިން ރައްޔިތުންގެ ޞިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުން ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އާއްމު ޞިއްހަތުގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމާ ގުޅޭގޮތުން ލަފާއެރުވުން ހިމެނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގައިން ގަޔަށް އަރާ ބަލިތަކާއި ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ރައްކާތެރިވުމަށް ބޭނުންވާ ލަފާދިނުން ވެސް ހިމެނެއެވެ. މިއަދުގެ ބައްދަލުވުމުގައި މި ކޮމެޓީގެ ބޭފުޅުންނަށް ވަނީ މިނިސްޓްރީ ގެ ފަރާތުން އާއްމު ޞިއްހަތު ރައްކާތެރިކުރުމަށް މިހާރު ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކޮށްފައި ކަމަސްވެސް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެގެ އިސްބޭފުޅުންގެ ޚިޔާލާއި ކަންކަން ވަނީ ހިއްސާކޮށްފައެވެ. މި ކޮމެޓީ އަކީ ދެއަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ ކޮމެޓީއެކެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕަބްލިކް ހެލްތު ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މި ދާއިރާގެ ތަޖުރިބާކާރު ބޭފުންގެ އިތުރުން، މިދާއިރާގައި ކިޔަވައިދެއްވާ ތަޖުރިބާކާރު ބޭފުޅުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު