ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މޫނަކަށް ކަނދުރާއަކަށް ނުބަލާ ދެ ފަނޑިޔާރުން ވަކިކޮށްފި
ޚަބަރު

މޫނަކަށް ކަނދުރާއަކަށް ނުބަލާ ދެ ފަނޑިޔާރުން ވަކިކޮށްފި

މމުހައްމަދު އަލީ14 މޭ 2025
ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފޮއެވެ. އެދެބޭފުޅުން މަގާމުން ވަކި ކުރީ ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީއެވެ. އެ ބޭފުޅުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު ރާއްޖެއާއި ރާއްޖެއިން ބާރުން ދިޔައީ އެބޭފުޅުން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީން މިމައްސަލަ ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންނަމަވެސް މޫނަކަށް ކަނދުރާއަކަށް ނުބަލައި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެދެބޭފުޅުން ވަކިކުރުމަށް ފާސްކޮށްފައެވެ. މި ދެބޭފުޅުން ވަކި ކުރުމަށް ފާސްކުރީ ޖުޑިޝަރީ ކޮމިޓީން މިދެބޭފުޅުންގެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ. ދެ ބޭފުޅުން ވަކިކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި އެދެބޭފުޅުން ވަކިކުރަން ވޯޓުދީގެންނެވެ. ފަނޑިޔާރު އަޒުމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވަކިކުރަން ނެގި ވޯޓުގައި 68 މެންބަރަކު ވަނީ ވަކިކުރަން ވޯޓުދީފައެވެ. އެ ދެބޭފުޅުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަޒާން ހިމެނެއެވެ. ވޯޓަށްފަހު ރިޔާސަތުން ވަނީ ދެބޭފުޅުން ވެސް ފަނޑިޔާރު ކަމުން ވަކިވެފައިވާކަން އިއުލާން ކޮށްފައެވެ.

ގުޅުންހުރި ޚަބަރު