ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފަނޑިޔާރުން ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނޭތީ: އުމަރު
ޚަބަރު

ފަނޑިޔާރުން ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނޭތީ: އުމަރު

މމުހައްމަދު އަލީ15 މޭ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކުރިން ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރި ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވެފައިވަނީ އަޒްމިރަލްދާއާއި، މަހާޒު ވަކިކުރީ ސަރުކާރާއެކު ޑީލް ނުހަދާނެކަން ސަރުކާރަށް ކަށަވަރުވުމުން ކަމަށެވެ. "މިއަދު މި ބޭފުޅުން ފަޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާއި ހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،" އުމަރު ވިދާޅުވިއެވެ. އިއްޔެ ވަކިކުރި ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ޤާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުންކޮޅެއް ކަމަށެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ކުރިން ހުންނެވި  ހުސްނުއްސޫދުވެސް ހިމެނިވަޑައި ގަންނަވައެވެ. ސަރުކާރުން ޝަރީއަތްތަކުގެ ތެރެއަށް އަތްބާނާ ކަމަށް ބުނެ ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީން ބުނެފައިވަނީ ފަނޑިޔާރުން ވަކިކޮށްފައިވަނީ ޣައިރުގާނޫނީ ގޮތަކަށް ކަމަށެވެ.    

ގުޅުންހުރި ޚަބަރު