ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ބްރިޖް ނުބެލެހެއްޓޭ ނަމަ ކައުންސިލާ ހަވާލުކޮށްދެއްވާ: ސައިފު
ޚަބަރު

ބްރިޖް ނުބެލެހެއްޓޭ ނަމަ ކައުންސިލާ ހަވާލުކޮށްދެއްވާ: ސައިފު

މމުހައްމަދު އަލީ15 މޭ 2025
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ "ސިނަމާލެ ބްރިޖް" މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ގޮވާލައިފި ކަމަށް ސޓީކައުންސިލުން ބުނެފިއެވެ. ސިނަމާލެ ބްރިޖް މިހާރު ބަލަހައްޓަމުން އަންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ބްރިޖު މާލޭސިޓީ ކައުންސިލާ ހަވާލުކުރުމަށް ސައިފް ގޮވާލެއްވީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. ސައިފް މި ކަމަށް އެދި ގޮވާލެއްވީ ފަހަކަށް އައިސް ސިނަމާލެ ބްރިޖްގައި ސީރިއަސް އެކްސިޑެންޓްތައް ގިނަވެފައިވާތީއެވެ. ސައިފް ވިދާޅުވިގޮތުގައި، ގިނަ މީހުން ބްރިޖް މަތީ ސައިކަލް ދުއްވަނީ ބާރު ސްޕީޑުގައެވެ. ބްރިޖް މަތީގައި ހިނގާ އެކްސިޑެންޓްތައް ގިނަވެފައިވަނީ އެސަބަބާ ހެދިކަމަށް ވެދާނެއެވެ. އެކްސިޑެންޓުތަކުގައި އެތައް ބަޔަކަށް ސީރިޔަސް އަނިޔާ ލިބި ނުކުޅެދޭ ހާލަތަށްވެސް ދާފަހަރު އާދެއެވެ. " ބްރިޖަށް އަރައި ބާރަށް ދުއްވީމަ ތިމާގެ ފުރާނަ އެކަންޏެއް ނޫނޭ އަތަށް ލައިގެން އެ ދުއްވެނީ. ގިނަ ފަހަރަށް މިވާ ގޮތަކީ، މަޑުން ދުއްވާ މީހާގެ ސައިކަލުގައި ޖެހިފަ އޭނަ ބުރައިގެން ގޮސް ބޮޑެތި އަނިޔާތައް މި ލިބެނީ،" ސައިފު ވިދާޅުވިއެވެ. ސައިފް ވިދާޅުވީ، ބްރިޖް މަތީ ހުންނަ ކެމެރާތައް މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެއާއެކު ދުއްވަންވީ ބާރުމިން އެންގުމަށް ހަރުކޮށްފައިހުންނަ، ބޯޑުތައް ވެސް ހުރީ ކުލަ ވެއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ. " ވަރަށް ފަހުން ވެސް، އަޅުގަނޑު ނޭބާއެއް (އަވަށްޓެރިއެއް) އޭނާގެ ކާފަ ދަރިފުޅު ގޮވައިގެން ސްކޫލު ނިންމާފަ ދަނިކޮށް، ނިކުތް އެއްޗަކުން ޖެހިފައި އެ ދެ ބަފައިން ބުރައިގެން ދިޔައީ. ދެ ބައިފައިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ. މި ދައްކަނީ މީހުންގެ ފުރާނައިގެ ވާހަކަ. އަޅުގަނޑުމެންނަށް މީހުންގެ ފުރާނަ މުހިންމު ނުވާނަމަ މި ކަންތައް ކުރުމުގެ ބޭނުމެއް ނެތް،" ސައިފް ވިދާޅުވި އެވެ. ދާދި ފަހުން ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޘިމާ މުހައްމަދު ފާއިޒް، ބްރިޖްމަތިން އެކްސިޑެންޓު ވެގެން، އެ ތަނުގައި ހުރި ކެމެރާގެ ފްޓޭޖް ހޯދުމަށް ފުލުހުން ގާތު އެދުނު ކަމަށާއި، ފުލުހުން ވިދާޅުވީ، އެ ތަނުގައި ހުރި ކެމެރާ ހުރީ މައްސަލަ ޖެހިފައި ކަމަށް ސައިފު ވިދާޅުވިއެވެ. ސައިފް ވިދާޅުވީ އެއް އިރެއްގައި ގިނަ ޢަދަދަކަށް، ޓްރެފިކް ޕޮލިހުން ބްރިޖް ބަލަހައްޓަމުން ދިޔަ ކަމުގައި ވިޔަސް، މިހާރު ބްރިޖް މަތިން އެ ކަން ނުފެންނަ ކަމަށެވެ. "އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ބުރިޖު މަތީގައި، 90 ކިލޯ މީޓަރު، 100 ކިލޯ މީޓަރު ބާރު މިނުގައި ދުއްވާފަ ބުރިޖުން ފައިބައިގެން ދާއިރު، އޭނާ ހިފަހައްޓާނެކަން އޭނާއަށް އެނގެން ޖެހޭނެ. އެ ބާރު މިނުގައި ދުއްވާފަ ބުރިޖުން ފައިބައިގެން ނުދެވޭނެކަން އޭނާއަށް އެނގެން ޖެހޭނެ. އޭނަގެ ލައިސަންސް ވަގުތުން ހިފެހެއްޓެން ވާނެ. އޭނަގެ ވެހިކަލް ހިފެހެއްޓެން ޖެހޭނެ،" ސައިފް ވިދާޅުވިއެވެ. ސައިފްގެ މިވާހަކައަށަ މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ތާއިދު ކުރައްވައިފައެވެ. ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުނާއެކު، މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ވެސް އެކަމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު