ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ދީން އެންމެބޮޑު އިސްކަމެއްދެނީ އާއިލީ ގުޅުން ހަރުދަނާ ކުރަން: ރައީސް
ޚަބަރު

ދީން އެންމެބޮޑު އިސްކަމެއްދެނީ އާއިލީ ގުޅުން ހަރުދަނާ ކުރަން: ރައީސް

މމުހައްމަދު އަލީ15 މޭ 2025
މާތްވެގެންވާ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އާއިލާތަކުގެ ބައިނަލް އަގުވާމީ ދުވަހާ ގުޅިގެން އެކްސްގައި އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް،" ކަމަށެވެ. ރައީސް ވިދަޅުވެފައިވަނީ ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުއިވެ، ކުރިމަގު އުޖާލާ ވާނޭ ކަމަށެވެ. ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާވެސް ކުރައްވައިފައެވެ.

ގުޅުންހުރި ޚަބަރު