ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ރައުދަށް ދުލެއް ދިނުމުގެ ވިސްނުމެއް ފުލުހުންގެ އަދިނެތް
ޚަބަރު

ރައުދަށް ދުލެއް ދިނުމުގެ ވިސްނުމެއް ފުލުހުންގެ އަދިނެތް

މމުހައްމަދު އަލީ15 މޭ 2025
އެޕްރީލް އަށާރަވަނަދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިހާރު ހުރި ރައުދު އަހުމަދު ޒިލާލް ދޫކޮށްލުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅޭކަން ކަށަވަރު ވެއްޖެއެވެ. މިކަން ކަށަވަރު ވެފައިވަނީ އޭނާގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް މިއަދު އިތުރު ކުރުމުންނެވެ. މިއަދު އިތުރުކުރި މުއްދަތު އެހެން ފަހަރުތަކަށްވުރެ ގިނަވެސް މެއެވެ. މިފަހަރު އެ ޖަހައިދިނީ ވިހި ދުވަހެވެ. މީގެ ކުރިން ޖަހައިދީފައިވަނީ ފަސް ދުވަހެވެ. އެފަހުން ދިހަ ދުވަހެވެ. ތިންވަނަ ފަހަރަށް ފަސް ދުވަހެވެ. ޔުމްނު ވެއްޓުނު މައްސަލާގައި އަދި އެއްވެސް ކަމެއް އެންމެ ސާފެއް ނޫނެވެ. ތުހުމަތުތަކާއި ގޮސިޕް ނޫން އެހެން ކަމެއް ކަށަވަރު ވެފައެވެ. ފުލިހުން އޮޅުވާލައި ދޮގުހެދި ކަމަށް ތުހުމަތު އެބަކުރެއެވެ. އެކަމަށް ފުލުހުން އިންކާރު ކުރެއެވެ. މިނިސްޓަރު އަމީންގެ އަތެއް އޮތް ކަމަށް އެބަކިޔައެވެ. އަމީން އެކަން ދޮގުކުރެއެވެ. ޔުމްނު އާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް ފުންމާ ނުލާކަށެވެ. އެ ހާދިސާ ހިނގިރޭ އިތުރު ހަތަރު މީހަކު ފެންޓެނޯއީ ގޭގައި އުޅުނު ކަމަށް ޔުމްނު ބުނާ ކަމަށް އާއިލާއިން ވަނީ މީޑިއާގައި ބުނެފައެވެ. ޔުމްނު ބޭނުންވަނީ އިންސާފު ކަމަށް ވެސް ބުނެފައިވެއެވެ. މިމައްސަލަ ބެލުމަށް ރައީސް ވަނީ ކޮމިޝަނެއް ވެސް އުފައްދާފައެވެ.

ގުޅުންހުރި ޚަބަރު