ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މައްކާ ރޫޓު ތަންފީޒު ކުރުމަށް ސައުދީ ޓީމެއް ރާއްޖޭގައި
ޚަބަރު

މައްކާ ރޫޓު ތަންފީޒު ކުރުމަށް ސައުދީ ޓީމެއް ރާއްޖޭގައި

މމުހައްމަދު އަލީ17 މޭ 2025
މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ޓީމުގައި ސައުދީގެ ފޮރިން މިނިސްޓްރީއާއި ހައްޖު މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމޭނޭ ކަމަށެވެ. މިއީ މި ކަމަށް ރާއްޖެއަށް ވަޑައިގެންނެވި އެޑްވާންސްޓީމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ މައްކާ ރޫޓް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ހަފްލާ އޮންނާނީ މެއި މަހު 26 ވާ ހޯމަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. މި ހަފްލާއަށްވެސް ސައުދީގެ މަތީފެންވަރުގެ ޓީމެއް ވަޑައިގަންނަވާނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެވެ.  

ގުޅުންހުރި ޚަބަރު