ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރައީސްގެ ސިޔާސަތު ނެގެހެއްޓުމަށް މެންބަރު މުހަންމާ ޕީއެންސީއަށް
ޚަބަރު

ރައީސްގެ ސިޔާސަތު ނެގެހެއްޓުމަށް މެންބަރު މުހަންމާ ޕީއެންސީއަށް

މމުހައްމަދު އަލީ17 މޭ 2025
ޕީޕއެމް އުވިގެން ދިޔައިރު އެޕާޓީގެ ސެނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ. އެބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއިދު ކުރައްވައި އެ ސިޔާސަތު ނެގެހެއްޓުމުގައި ކުރެއްވެން އޮތް ކޮންމެ ކުރެއްވުމުގައި ދެމިތިއްބެވުމަށް އިޤުރާރުވަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ބްރޯޑުކޮމްގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ. އޭނާ ފާހަގަކޮށްލަންޖެހެނީ މިނިވަން މުއައްސަސާއެއްގައި "މިނިވަނެއް"ގެ ގޮތުގައި ހުންނެވި ބޭފުޅަކު ސިޔާސީ ޕާޓީއަކަށް ސޮއި ކުރެއްވުމުންނެވެ. މިކަމާ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މިކަމަށް ވެސް ރައީސް ޑރ. މުއިއްޒު ހައްލެއް ހޯއްދަވައި ދެއްވާނޭ ކަމަށް ބެލެވެއެވެ. މުހަންމާ ބްރޯޑު ކޮމްއަށް ހޮވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ ކަޓުވާލައި ފެއަށް ޖެއްސުމަށްފަހުއެވެ. މުހަންމާގެ އިތުރުން ޕީއެންސީއަށް ސޮއިކޮށްފައިވަނީ އެމްޕީއެލްގެ ކުރީގެ އެމްޑީ ވަޖީހާއި، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދާއި އަދިވެސް އިތުރު ބޭފުޅުުން ހިމެނި ވަޑައިގަންނަވައެވެ.

ގުޅުންހުރި ޚަބަރު