ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޕީއެންސީގެ ނާއިބުންނަށް ޣައްސާނާއި ޝިޔާމް
ޚަބަރު

ޕީއެންސީގެ ނާއިބުންނަށް ޣައްސާނާއި ޝިޔާމް

މމުހައްމަދު އަލީ17 މޭ 2025
ޕީއެންސީގެ ނާއިބު ލީޑަރުންނަށް، ފިޝަރީޒު މިނިސްޓަރ އަހުމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭ ހަމަޖައްސައިފިއެވެ. މީގެ ކުރިން މި ދެބޭފުޅުން މަސައްކަތް ކޮށްފައިވަނީ ކޯލީޝަން ޕާޓުނަރު ޕީޕއެމްގެ ނާއިބު ލީޑަރުންގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރުވަނީ އެޕާޓީ އުވާލައިފައެވެ. މި ދެބޭފުޅުން ޕީއެންސީގެ ނާއިބު ލީޑަރުންނަށް ހަމަޖެއްސެވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ކަމަށް ސެނެޓުގެ ބައެއް މެންބަރުންވަނީ ވިދާޅުވެފައެވެ. ރައީސްގެ މިއެދިވަޑައިގެންނެވުމަށް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ތާއިދު ކުރައްވާފައެވެ. މި ދެބޭފުޅުން ނާއިބު ލީޑަރުންނަށް ހަމަޖެއްސެވީ މެންބަރުންގެ މަޖިލީހުގެ ފުރިހަމަ އިއްތިފާޤުންނެވެ. ރޭ ޕީއެންސީއާ ގުޅުނު ކުރީގެ ޕީޕީއެމްގެ ސެނެޓަރުންނަކީ ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވެސް ރޭގެ ބައްދަލުވުގައި ވަނީ ފާސް ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު