ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ހައްޖުވެރިން ފުރަން ފަށާނީ ސައްބީހުގައި
ޚަބަރު

ހައްޖުވެރިން ފުރަން ފަށާނީ ސައްބީހުގައި

މމުހައްމަދު އަލީ17 މޭ 2025
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ހައްޖުކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން ހައްޖަށްދާ މީހުން މެއި 26 ވަނަ ދުވަހު ފުރަން ފަށާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރު ރާއްޖެއިން އެއްހާސް މީހުން ހައްޖަށް ދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ ފަންސާސް ފަގީރުންވެސް ހިމެނެއެވެ. މިއެންމެވެސް ދާނީ ހައްޖުކޯޕަރޭޝަނުންގެ ހަވާލުގައެވެ. ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީއަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް މިއަދު ފުރައިފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު