ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުނު ތިންވަނަ އަތޮޅަށް ނ.އަތޮޅު
ޚަބަރު

އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުނު ތިންވަނަ އަތޮޅަށް ނ.އަތޮޅު

މމުހައްމަދު އަލީ17 މޭ 2025
ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ނުލިބި އޮތް ހަތް ރަށަށް އެޚިދުމަތް ތައާރަފް ކޮށްފިއެވެ.  މި ހަތް ރަށަށް އެޚިދުމަތް ދޭން ފެށުމާއެކު އެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިހާރު މިވަނީ ދޭން ފެށިއެވެ. އަލަށް އޭޓީއެމް ޚިދުމަތް ދޭން ފެށި ރަށްރަށަކީ ހެނބަދޫ، ކުޑަފަރީ، މާޅެންދޫ، ލަންދޫ، ޅޮހި، ފޮއްދޫ، އަދި މަގޫދޫ އެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ރާއްގެ އަތޮޅުތަކުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުނު ތިންވަނަ އަތޮޅު ކަމަށެވެ. މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ހަތްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށީ ރައީސްގެ ވައުދު ފުޅު ފުއްދަވަން ހިންގާ މަޝްރޫއުގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދާޅުވެފައިވަނީ ގިނަ ރަށްރަށުގެ ރައްޔިތުންގެ އެދުމަކީ، އެ ރަށްރަށުގައި ދިމާވެފައިވާ ދަތިތަކުގެ ތެރެއިން، ފައިސާގެ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ. ކިތަންމެ ކުޑަރަށެއްގައި އޭޓީއެމްއެއް ބެހެއްޓި ނަމަވެސް އެ ޚިދުމަތެއް ލިބެން ހުރުމުން ރައްޔިތުން އެ ޚިދުމަތް ބޭނުންކުރައްވާކަން ހާމަވެގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިއަހަރުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ 103 އޭޓީއެމް ބަހައްޓަން ނިންމައިފައެވެ. އޭގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ވަނީ ނަވާރަ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމަވާފައެވެ. އެގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް މިމަޝްރޫޢުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު