ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޑިޖިޓަލް ޓްރާންސްފޮރމޭޝަން: އަންހެނުން އިތުރަށް ބާރުވެރިވާނެ: ވަޒީރު
ޚަބަރު

ޑިޖިޓަލް ޓްރާންސްފޮރމޭޝަން: އަންހެނުން އިތުރަށް ބާރުވެރިވާނެ: ވަޒީރު

މމުހައްމަދު އަލީ17 މޭ 2025
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތުގެ ދަށުން ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވާނޭ ކަމަށް ހޯމްލޭންޑު މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން އިޤްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު އަންހެނުންނަށް ބޮޑުވެގެންދާނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދީގެންނޫންކަމަށެވެ. ތަޢުލީމު، ޞިއްޙަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، ޢާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. "ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ނުވަތަ ކޮންމެ ރަށެއްގެ ރައްޔިތަކަށް، އަދި އަންހެނުންވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިޤްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވެގެންދާނެ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު