ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓެކްނޮލޮޖީ ދާއިރާއިގައި ހަރަކާތްތެރިވާ އަންހެނުން މަދެއްނޫން: ވަޒީރު
ޚަބަރު

ޓެކްނޮލޮޖީ ދާއިރާއިގައި ހަރަކާތްތެރިވާ އަންހެނުން މަދެއްނޫން: ވަޒީރު

މމުހައްމަދު އަލީ18 މޭ 2025
ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫން ކަމަށް ހޯމްލޭންޑު މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މިދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ދަނީ އިތުރުވަމުންކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ދިނުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. "ނަމަވެސް އަޅުގަނޑުމެން އެންމެން ވެސް ދަންނަ ހަގީގަތަކީ ވަކި ބާވަތްތަކުގެ ވަޒީފާ އަދި ޚާއްސަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން. ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަނަމަވެސް، މިފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރާނެ ކަމެއް،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު