ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އޮޑިވެރިން ނުކުމެ ޝަކުވާ ކުރަން ފަށައިފި
ޚަބަރު

އޮޑިވެރިން ނުކުމެ ޝަކުވާ ކުރަން ފަށައިފި

މމުހައްމަދު އަލީ18 މޭ 2025
ހުޅުމާލޭ ބަނދަރުން ބައެއް ބަންދު ކުރުމުން އޮޑިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ. އޮޑިވެރިން މުޒާހަރާކުރަން ފެށީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހުޅުމާލޭ ބަނދަރުން ބަންދު ކޮށްފައިވަނީ ހުޅުމާލޭ ފެރީޓާމިނަލާއި އެފްއެސްއެމް ޝެޑާ މެދުގެ ސަރަހައްދެކެވެ. މިސަރަހައްދު ބަންދުކޮށް އޮޑިދޯނިފަހަރު ގާތްކުރުން މަނާކޮށްފައިވަނީ އެޗުޑީސީން ކަމަށް ވެސްއެނގިފައިވެއެވެ. އޮޑިވެރިން ބުނަނީ އެމީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އެ ހައްގު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބުނަމުން ދިޔައެވެ. އަދި އެސަރަހައްދުގައި ހަދައިދޭން ބުނި ކާގޯ އަދި ވެލި ޖެޓީ ނުހެދި ލަސްވާތީ އެކަމުގެ ޝަކުވާ ވެސް ވަނީ ކޮށްފައެވެ. އޮޑިވެރިން ހިފައިގެން ތިބި ބޯޑުގައި އެންމެ ބޮޑަށް ފާހަގަވާ އެއްލިޔުމަކީ ބުޅާތަކަށް ވެސް ހުޅުމާލެއިން ބޮޑު ބިމެއްދިން ވާހަކައެވެ. އެކަމަކު އޮޑިވެރިންނަށް ގޮތެއް ހޯދައިދީފައި ނުވާވާހަކައެވެ.

ގުޅުންހުރި ޚަބަރު